Thursday, 8 March 2012


އަޑި ނޭނގޭ ފިތުނަވެރިކަން

ގައުމެއް ނަވަތަ މުޖުތަމަޢުއެއް ދެމި އޮތުމާއި ފަރުދުންގެ ތެރޭގައި އޮންނަންޖެހޭ އެއްބަނޑު އެއްބަފައި ވަންތަ ކަމާއި އެކަކު އަނެކަކަށް އުންނަންޖެހޭ ލޯތްބާއި އެކަކު އަނެކަކަށް އަޅާލުމާއި އެއްބަޔަކު އަނެއް ބައެއްގެ ހައްގުތައް ރައްކާތެރި ކޮށްގެން އިޙްތިރާމާއިއެކު އުޅެވޭނީ އެ ގައުމެއްގެ ނަވަތަ އެ މުޖުތަމޢުއެއްގެ ތެރޭގައި ގާއިމު ކުރެވޭ ނަވަތަ ގާއިމު ވެފައި އޮންނަ އަދުލުގެ ނިޒާމު ނަވަތަ އަދުލް އިންސާފުގެ ދާއިރާގެ މައްޗަށެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ޝަރުޢީ ނިޒާމުގެ މައްޗަށެވެ.
ކުރިދެންނެވި އުސޫލުން ގައުމެއް ބިނާ ކުރުމައްޓަކއި ފރިހަމަ އަދުލުވެރި ޝަރުޢީ ނިޒާމެއް ބޭނުންވާ ފަދައިން މުޖުތަމަޢުގެ ތެރޭގައި އުފެދޭ ތަފާތު އެކި މައްސަލަތަކާއި ދެބަސްވުންތަކާއި އަދި ދީނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އުފެދޭ ހިޔާލްތަފާތު ވުންތައް ނައްތުވައިލާ އިންސާފުވެރި ކަމާއިއެކު އެ މަސައްލަތައް ހައްލު ކޮށްދިނުމަށްޓަކައި ދީނުގެ ދަންނަ ބޭކަލުން ނުވަތަ ދީނީ ޢިލްމުވެރިން ތިބުމަކީ ލާޒިމް ކަމެކެވެ. މިހެންމ މިދެންނެވީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ.
އިސްލާމީ ތާރީހު އެކިދޭފަދައިން ފާއިތުވެ ގޮސްފައިވާ ގަރުނުތަކުގައި ގައުމުތައް ހަލާކުވެ ގޮސްފައިވަނީ އެބައިމީހުންގެ ޖާހިލު ކަމާއި އަކަމުގެ ސަބަބުން އިންސާނީ މުޖުތަމަޢުއެއެގެ ތެރޭގައި ކަންކުރަން ޖެހޭ އުސޫލްތަކުން ބޭރުވެ ވަލުޖަނަވާރުން އުޅޭފަދައިން އުޅުމުގެ ސަބަބުންނެވެ.
މިދެންނެވި އުސޫލުން ކަންތައްތައް ހިނގައި ދިއުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އެދުވަސްވަރު އެ ގައުމުތަކުގައި ތިބި ދަންނަ ބޭކަލުން ނަވަތަ ދީނުގެ ޢިލްމުވެރިން އެމީހުން އެމީހުންގެ އަމިއްލަ މަގުސަދަށްޓަކައި އެމީހުން ހިތައްއެރި ގޮތަކަށް އަދި އެމީހުންގެ މަގުސަދު ހާސިލް ކުރެވޭނެ އުސޫލުތަކުގެ މަތިން  ދީނުގެ ހުކުމްތައް ބަޔާންކޮށްދީ އަދި ފަތުވާތައް ދިނުމުގެ ސަބުންނެވެ.
އަޅުގަނޑު ކުރިން މިދެންނެވި ކަންތައްތަކުގެ އަލިގަދަ އެއް ހެއްކަކީ ކީރިތި ގުރުއާން ފިޔަވައި މާތްﷲ ބާއްވައިލެއްވި އެހެން ހުރިހައި ފޮތް ތަކެއް އެ ފޮތް ތަކުގެ އަހުލުވެރިން ބަދުލު ކޮށްފައިވާ ކަމެވެ. އެބައި މީހުން އެކަން އެ ގޮތައް ކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކަށް ވެފައި އޮތީ ދީނުގައި ހަރާމް ކުރެވިފައިވާ ނަވަތަ ނަހީ ކުރެވިފައިވާ ކަންތައްތައް ހުއްދަ ކުރުމުގެ މަގުސަދުގައެވެ.  
މިދެންނެވި ގޮތައް އަމަލު ހުންނަ މީހުންނަކީ އެންމެ ނުބައި މީހުންނެވެ. ތެދުވރި ވަފާތރި އަދި އިހުލާސްތެރި ރަނގަޅު ބަޔަކަށް ހެދިގެން ތިބެ މީސްތަކުން މަގުފުރައްދާ މީހުންނެވެ. މިބައި މީހުން ސިފަކުރެވޭނީ އަޑި ނޭގޭ ފިތުނަ ވެރިން ފަދައިންނެވެ.
މިއަދު ހިތާމައާއިއެކު ދަންނަވަން ޖެހެނީ އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް އެފަދަ މީހުން އުޅެމުންދާ ކަމެވެ.ތިމާމެނެނަކީ ދީނުގެ ދަންނަ ބޭކަލުންނޭ ބުނެ އިސްލާދީނުގައި އަމަލު ކުރުމަށް އަންގަވާފައިވާ ގޮތާއި ހިލާފަށް އަމަލު ކުރުމަށް މީހުންނަށް ގޮވައިލާ އަދި އަމަލީ ގޮތުން އެކަންކަމުގައި ބައިވރިވެ އެއީ ހެޔޮ ރަގަނޅު ގޮތް ކަމަށް ސާބިރު ކޮށްދިނުމަށްޓަކައި ބޮޑެތި މަސައްކަތް ތަކެއް ކުރަމުންދާ ބަޔަކކު ތިބިކަމެވެ. އެފަދަ ޢިލްމުވރިންނާއި ދަންނަ ބޭކަލުންނަކީ ދިވެހިރާއްޖޭގައި ތިބި އަޑި ނޭނގޭ ފިތުނަ ވެރިންނެވ.
އަޅުގަނޑު މިހެން މި ދަންނަވަން ޖެހުނު ސަބަބަކީ ދިވެހިރާއްޖޭގައި ތިއްބެވި ޢިލްމުވެރިންނާއި ދަންނަ ބޭކަލުން ގޮވައިލަމުން ގެންދަނީ ގައުމުގެ ނުވަތަ ދައުލަތުގެ ވަލީޢުލް އަމްރުއާއި ދެކޮޅަށް ނިކުމެ ބަޢާވާތް ކޮށް އޭނާ ވެރިކަމުން ބޭލުމަށެވެ. އަދި އެކަން ކުރުމަށްޓަކައި މިދެންނވި އިލްމުވެރިން ދިޔައީ ލޭ އޮހޮރުވުމަށް ވެސް ގޮވައި ލަމުންނެވެ. އަދި އެ މީހުން އެކަމުގައި އަމަލީ ގޮތުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި މި ހިމެނެނީ ޝޭޙް އިމްރާން އަބްދުއްﷲއާއި ޝޭޙް އިލްޔާސް ހުސެއިންއާއި އަދި ޝޭޙް ޝަހީމް އަލީ ސައީދު އެވެ.
ހިތުގައި އުފެދޭ ސުވާލަކީ މިއީ ހަގީގަތުގައިވެސް އިސްލާމްދީނުގައި އަމަލު ކުރުމަށް އަންގަވާފައިވާ ގޮތްބާވައެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ އަޅުގަނޑުމެނެ އިސްލާދީނގައި އަމަލު ކުރުމަށް އަންގަވާފައިވާ ގޮތެއް ނޫނެވެ.
އެހެން މިދެންނެވީ އަޅުގަނޑުމެންގެ އަސްލާމްދީން އަމުރުކުރަނީ އަބަދުވެސް މުޖުތަމަޢު ތެރޭގައި ސުލްހަ ގާއިމު ކުރުމަށެވެ. ހިޔާލްތަފާތުވާ ވަގުތު ތަކުގައި މަޝްވަރާ ރިވެތި އުސޫލުން ކަންތައްތައް ހައްލު ކުރުމަށެވެ. އޭގެ އަލިގަދަ އެއް ހެއްކަކީ ކީރިތީ ރަސޫލާގެ ހަޔާތްޕުޅުގައި މުސްލިމުންނާއި މައްކާގެ މުޝްރިކުންނާއި ދެމެދު އުފަދިފައިވާ މައްސަލަތައް ހައްލު ކުރެއްވުމައްޓަކައި ސުލްހައިގެ އެއްބަސް ވުމެއް އެކުލަވައި ލުމެވެ. އެކަލޭގެފާނު މައްކާގެ މުޝްރިކުންގެ ލޭ އޮހޮރުވައިލަން ނިކުތީކީއެއް ނޫނެވެ.
އެހެން ނަމަވެސް އަޅުގަނޑުމެން ދިވެހިރާއްޖޭގެ ދަންނަ ބޭކަލުންނާއި އިލްމުވެރިން އިހްތިޔާރު ކުރެއްވީ މުޅިން އެހެން މަގެކެވެ.
ދީނުގައި އޮޔް މަޝްވަރާގެ ރިވެތި އުސުލްތައް ދޫކޮށްލައި އެމީހުން އިހްތިޔާރު ކުރެއްވީ ދިވެހި ދައުލަތުގެ ވަލީޢުލް އަމްރު ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާހު ކުރުމަށްޓަކައި ނުކުމެ ވަޑައި ގަތުމުން އެކަމާއި ދެކޮޅަށް ނިކުމެ ދިވެހި ގައުމުގެ ވަލީޢުލް އަމްރުއާއި ދެކޮޅަށް ނުކުތުމަށް ރައްޔިތުންނަށް ގޮވައިލާ ދިވެހި ދައުލަތާއި ދެކޮޅަށް ދިވެހި ތާރީހު ނުދެކޭފަދަ ބޮޑު ބަޢާވާތެއް ކޮށް ބަދަލު ހިފުމާއި ބޭނުންވާ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި ލޭ އޮހޮރުވައިލަން ޖެހިއްޖެނަމަ އެކަން ވެސް ކުރުމަށް ގޮވައިލާ  އަދި މީގެ އިތުރުން ދީނުގައި އެންމެ ބޮދަށް ނަހީ ކުރައްވާފައި ކަންތައް ކަމަށްވާ ތިމާގެ މުސްލިމް އަޙުންނާއި އުޙުތުންގެ މައްޗަށް ބަދު ދުޢާ ކުރަމުން ވެސް ގެންދިޔައެވެ.
ހަމަ އެހެންމެ ދިވެހިރާއްޖޭގައި އޭރު ވެރިކަން ކުރައްވަމުން ގެންދެވި މުޙައްމަދު ނަޝީދުއާއި އ މަނިކުފާނުގެ ފަހަތްޕުޅގައި ތިއްބެވީ ލާދީނީ މީހުން ކަމަށް ނަވަތަ ދީނުން ބޭރުވެފައިވާ ބައެއް ކަމަށް ގޮވަމުން ދިޔައެވެ.
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މުސްލިމަކާއި ދިމާއަށް ކަލޭ ތީ ދީނުން ބޭރުވެފައިހުރި މީހެކޭ ނުވަތަ ކާފިރެކޭ ބުނުމަކީ އެ މީހަކު ގަތުލު ކުރުން ފަދައެވެ.މިފަދަ އަމަލު ތަކަކީ އަޅުގަނޑުމެންގެ އިސްލާމްދީ ވަރައް ބޮޑަށް ނަހީ ކުރައްވާފައިވާ ކަންތައްތަކެވެ.
އެހެން ނަމަވެސް އަޅުގަނޑުމެން ދީނީ އިލްމެ ވެރިންނާއި ދަންނަ ބޭކަލުން މި ދެންނެވި މަގުން ހިނގުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ދިވެހި ގައުމު ބޮޑު ފިތުނަވެރި ކަމެއްގެ ތެރެއަށް ވެއްޓގެން ދިއުމެވެ. ދިވެހި ލޮބުވެތި ދަރިން އެއްބަޔަކު އަނެއް ބަޔަކު ގަތުލު ކުރަމުންދާ ކަމެވެ. އަދި ބަދަލު ހިފުމުގެ ރޫޙުގެ ސަބަބުން ގައުމުގައި ބޮޑެތި ލޭއޮހޮރުވުންތައް ހިނގަމުންދާ ކަމެވެ.
ހަމަޔަގީނުންވެސް މިއަދު މފަދަ މަންޒަރު ތަކަކީ އަޅުގަނޑުމެންގެ ތެރެއިން އެއްވސް ދިވެއްސަކު ދެކެން ބޭނުންވާނޭ ދުވަސް ތަކެއް ނޫނެވެ. ހަމަ އެހެންމެ މިފަދަ މަންޒަރުތައް ދެކެން އެއްވެސް ދިވެއްސަކަށް ކެތެއް ނުވާނެއެވެ.
އެހެން ކަމުން އަޅުގަނޑު ދިވެހިރާއްޖޭގެ އެންމެހައި ޢިލްމުވެރިންނަށާއި ދަންނަ ބޭކަލުންގެ އަރިހުން އާދޭހާއިއެކު އެދެނީ މިލޮބުވެތި ވަތަން ހަލާކުވެ ފަނާވެގެން ނުދަނީސް އަމިއްލަ މަސްލަހަތުތައް ދޫކޮށްލައި އިސްލާމދީނާއި ގައުމުގެ މަސްލަޙަތު އިސްކޮށް އިސްލާމްދީނުގައިވާ އަސްލުތަކާއި ހުކުމްތައް އެއްވެސް އުނިއިތުރަކާއި ނުލައި ރައްޔިތުންނަށް ބަޔާންކޮށް ދިނުމަށެވެ. އަދި ދިނި ޢިލްމުވެރިންނާއި ދަންނަ ބޭކަލުންނަކީ އަޑި ނޭނގޭ ފިތުނަ ވެރިން ކަމަށް ވެވަޑައިނުގަތުމަށެވެ.

އެ

No comments:

Post a Comment

އަޑި ނޭނގޭ ފިތުނަވެރިކަން ގައުމެއް ނަވަތަ މުޖުތަމަޢުއެއް ދެމި އޮތުމާއި ފަރުދުންގެ ތެރޭގައި އޮންނަންޖެހޭ އެއްބަނޑު އެއްބަފައި ވަންތަ ކަ...