Thursday, 8 March 2012


ސަލާމަތީ ބާރު ތަކުން ޔުނިފޯމް ތަކުގެ ކަރާމާތް ކަނޑައިފި.

ޒަމާނުއްސުރެން ފެށިގެން އަޅުގަނޑުމެން ދިވހިންނަކީ އަޅުގަނޑުމެން ލާ ހެދުމާށާއި އަޅާ ޔުނިފޯމަށް ވަރަށް އިޙުތިރާމްކުރާ ބައެކެވެ. ހަމަ އެހެންމެ ލާ ހެދުމާއި ހާއްސަކޮށް އަޅާ ޔުނިފޯމްގެ އަގު ހިފަހައްޓައި އޭގެ ކަރާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ވަރައް ބޮޑަށް ހިއްވަރާއިއެކު މަސައްކަތް ކުރަމުންދާ އަދި ކޮށްފައިވާ ބައްވެސް މެއެވެ.
އެހެންނަމަވެސް މިއަދު ހިތާމައާއިއެކު ދަންނަވަން ޖެހެނީ ޒަމާނުއްސުރެން ފެށިގެން  އަޅުގަނޑުމެން ދިވެހިން ޔުނިފޯމް ތަކަށް ކުރަމުންއައި ގަދަރާއި އިހުތިރާމް މިއަދު ކުޑަވެފައިވާ ކަމެވެ. އެހެން ގޮތަކަށް ދަންންވަނީނަމަ އޭގެ އަގު ވެއްޓި އެއްގޮތަކަށް ވެސް އެއަށް އިޙްތިރާމް ނުކުރެއެވެ. އަޅުގަނޑުމެން ތުން ފޮހެން ގެންގުޅޭ ރުމާލަށްދޭ ގަދަރުވެސް ޔުނިފޯނަށް ދެވޭކަށް ނެތެވެ. އެހާވެސް އޭގެ އަގެއް ނެތެވެ.
އަޚުގަނޑު ގަބޫލުކުރާ ގޮތުގައި މިހެން މިކަން މި ދިމާވީ ސަބަބު ތަކެއްވެސް ނެތިއެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކަށް އެނގި ތިބެގެން ނުވަތަ ނެގި ތިބެގެން ވެސް ކުރެވުނު ނުވަތަ ކުރި އަމަލެއްގެ ސަބަބުންނެވެ އެކަން އެކުރީ އާފިލް ކަމުގެ ތެރެއިން ދޫނިޔޭގެ އުފަލާއި އަރާމާއި ލައްޒަތަށްޓަކައި ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.
މިދެންނެވި ދުނިޔޭގެ އުފަލާއި އަރާމަށްޓަކައި އަޅުގަނޑުމެން ޔުނިފޯމަށް ތަކަށް ކުރަމުންއައި އިހްތިރާމާއި އޭގެ ހައިބަތު ކަނޑުވައިލީ އެބަޔަކަށް ޓަކައި އަބަދުވެސް އަޅުގަނޑުމެން ހުރިހައި ދިވެހި ލޮބުވެތި ރައްޔިތުން ފަޙްރުވެރިވާ އަދި ފަޙްރުވެރި ވަމުން އަންނަ ހަމަ އެހެންމެ އެބައެއްގެ އަތް މައްޗަށް އަޅުގަނޑުމެންގެ ގައުމުގެ ސަލާމަތާއި ރައްކައު ތެރިކަން ދޫކޮށް ލެވިފައިވާ ގައުމާއި ދައުލަތުގެ ހިމާޔަތަށް ޓަކައި އަތުކުރި އޮޅާލައިގެން ތިބި ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުންނެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ދިވެހި ގައުމުގެ ދިވެހި ފަސްގަޑުގެ ސަލާމަތީ ބާރުތަކުންނެވެ. ދިބެހި ގައުމާއި އިސްލާމް ދީނަށްޓަކައި ގުރުބާންވެ ލޭއޮހޮރުވާލަންތިބި ދިވެހި ލޮބުވެތި ދަރިންނެވެ.
މިދެންނެވި ކަންތައްތައް ހިނގައިދިޔަ ދުވަހަކީ ހަމަ ޔަގީނުންވެސް އަޅުގަނޑުމެން އެއްވެސް ދިވެއްސެއްގެ ހަދާނުން އަދި ހިތުން ފޮހިވިގެންދާނެ ދުވަހެއް ނޫނެވެ. އެ ދުވަހަކީ އެޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެ އަދިރިކަމާއި ނާމާންކަމުގެ ތެރެއަށް ވެއްޓި އަޅުގަނޑުމެން ދިވުހިންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭންތިބި ސަލާމަތީ ބާރުތަކުގެ ސަލާމަތާއި ރައްކާތެރިކަން އަޅުގަނޑުމެންނަށް ނުލިބި ބޮޑު ބިރުވެރި ކަމެއްގެ ތެރެއަށް ދިވެހި ގައުމާއި ހުރިހައި ރައްޔިތުން ވެއްޓިގެން ދިޔަ ދުވަހެކެވެ.އެދުވަހު އެ މަންޒަރު ލޮލުންދެކެ އަދި އަތުން ހިފި ދިވެހި ކޮންމެ ފަރުދަކީ އަލުން އެ މަންޒަރު ދެކެން ބޭނުންވާނޭ ފަރުދެއް ނޫނެވެ. އެދުވަހު އެ މަންޒަރު ލޮލުންދުއް ކޮންމެ ދިވެހި ފަރުދަކުވަނީ ހިތާމައާއި މާޔޫސް ކަމުގެ ތެރޭގައެވެ.އަޅުގަނޑަކީ އެ މަންޒަރު ލޮލުންދުއް ދިވެހި ފަރުދެއްގެ ހައިސީޔަތުން އެދުވަސް ސިފަކުރާނީ އަދުގެ ޖީލަށް ނޮވެންބަތ ތިނެއް އައުން ކަމަށެވެ. އެ ދުވަހަކީ 7 ފެބުރުވަރީ 2012 އެވެ.
މިދެންނެވި ދުވަހު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ޔުނިފޯމް އަޅައިގެންތިބެ އެވަގުތު ދިވެހިރާޖޭގައި ގާއިމު ކުރެވިފައި އޮތް ގާނޫނީ ސަރުކާރާއި ދެކޮޅަށް އަޑުއުފުލައި މުޒާހިރާ ކުރަމުންދިޔަ ނުވަތަ ބަޢާވާތް ކުރަމުންދިޔަ މީހުންނާގުޅި އަމަލީ ގޮތުން ހަރަކާތްތެރި ވަމުންދިޔަ ތަނެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ގާނޫނީ ހަމަތަކުގެ މަތިން ގާއިމު ކުރެވިފައި އޮތް ދައުލަތާއި ދެކޮޅަށް ގައުމުގެ ސަލާމަތީ ބާރުތަކުން ދިވެހި ތާރީހު ނުދެކޭފަދަ ބޮޑު ބަޢާވާތެއް ހިންގި ތަނެވެ. އެވަގުތު އެތަނުގައި ބަޢާވާތް ކުރަމުބް ގެންދިޔަ ފުލހުން ބުނަމުން ދިޔައީ އެމީހުން އަޑު އުފުލަމުން ދަނީ ނުބައި ކޮމާންޑެއް އެމީހުންގެ މައްޗަށް އިސްކޮށް ތިއްބެވި އޮފިސަރުން ކުރުމުން ކަމަށެވެ. އެއީ ހަގީގަތް ކަމަށްވާނަމަ އެވަގުތު ފުލުހުން އަމަލު ކުރަންޖެހޭ ގޮތަކީ ނޯސޯ ކިޔުމަށް ފަހު އެ އަމުރަކަށް ކިޔަމަން ނުވުމެވެ. އެހެން ނަމަވެސް ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ޔުނިފޯމުގައިތިބެ ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިސްތިއުފާއަށް ގޮވަމުން ދިޔަ ތަނެވެ. ދިވެހި ސަލާމަތީ ބާރުތަކުން ދިވެހި ދައުލަށް ބޮޑު ބަޢާވާތެއް ހިންގި ތަނެވެ
މިދެންނެވި އުސޫލުން ދިވެހި ދައުލަތުގެ ސަލާމަތީ ބާރުތަކުން ބަޢާވާތް ކުރުމުގެ ސަބަބުން ދިވެހި ސަލާމަތީ ބާރު ތަކުގެ ޔުނިފޯމުގެ ހައިބަތާއި ކަރާމާތް ގެއްލި ދިވެހިރާއްޖޭގެ ނުވަތަ ދިވެހި ދައުލަތުގެ އެހެން މުއައްސަސާތަކުގައި ޔުނިފޯމު އަޅައިގެން ތިބޭ މީހުން އެ ބީދައިން ކަންކުރުމަކީ މާދުރުގައިވާ ކަމެއް ނޫނެވެ. އެހެނީ ކުޑަ ސޯބު އެނބުރޭނީ ބޮޑު ސޯބު އެނބުރޭ އުސޫލުން ކަމަށް ވާތީއެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޔުނިފޯމު ތަކުގެ ބޮޑު ސޯބަކީ ދިވެހި ސަލާމަތީ ބާރުތަކުގެ ޔުނިފޯމެވެ. ސަބަބަކީ އެ މުއައްސަސާ ތަކަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ ދުވަސްވީ މުއައްސަސާތައް ކަމަށް ވާތީއެވެ. އެހެން ކަމުން މާދަމާ ދިވެހިރާއްޖޭގެ އިމިގުރާޝަންގައި މަސައްކަތް ކުރަމުންދާ މީހުން އެމީހުން ބޭނުންވާ ގޮތައް ކަންތައްތަކެއް ނުވުމުން ނުވަތަ ނުހިނގުމުގެ ސަބަބުން މުޅި މުއައްސަސާގެ މަސައްކަތް ހުއްތާލައި ޔުނިފޯމު އަޅައިގެންތިބެ އެފަދަ ގޮތަކަށް ބަޢާވާތެއް ހިންގައިފިނަމަ ވެގެންދާނެ ގޮތަކާއި ދޭތެރޭ މިއަދު އަޅުގަނޑުމެން ވިސްނާލަން އެބަޖެހެއެވެ.
އިމިގުރޭޝަން މީހުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންނާއި ދިވެހިރާއްޖެއިން ފުރާ މީހުންނާއި ނުވަތަ ފަތުރުވެރިންނާއިއެކު އެފަދަ އުސޫލަކުން ބަޢާވާތެއް ހިންގައިފިނަމަ މުޅި ދިވެހި ގައުމު ހުއްޓުމަކަށް އައީ ބުނުން ދުގަކަށް ނުވާނެއެވެ. އެހެނީ ދިވެހިރާއްޖެއަކީ ވަރައްގިނައަދަދެއްގެ ފަތުރުވެރިން އަންނަ ގައުމަކަށް ވެފައި އެފަދަ ކަމެއް ހިނގައިފިނަމަ ދިވެހި ގައުމު ބޭރު ބައެއްގެ އަޅުވެތި ކަމުގެ ދަށަށް ދިއުމަކީ މާ ދުރުގައިވާ ކަމެއް ނޫނެވެ. ސަބަބަކީ އެފަދަ ވަގުތެއްގައި ދިވެހިރާއްޖޭގަ ސަލާމަތީ ބާރުތަކަށް ބާރުގެ ބޭނުން ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަކަށް އަޅުގަނޑެއް ނުދެކެމެވެ. އެހެނީ އެވަގުތު އެފަދަ ތަނެއްގައި ތިބޭނީ ހަމައެކަނި ދިވެހި ރައްޔިތުން ކަމަށް ނުވާތީއެވެ. އަދި މިހާރު ކަންހިނގާފައިވާ ގޮތަށް ބަލާއިރު ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ގައުމާއި ދިވެހި ދައުލަތުގެ ހިމާޔަތުގައި ނިކުމެދާނެތޯ އެއީ މިހާރު ސުވާލު އުފެދޭ ކަމެކެވެ. ސަބަބެއް ކަމަށް އަޅުގަނޑު ދެކެނީ ދިވެހި ސަލާމަތީ ބާރު ތަކުގެ ތެރެއަށް ރިޝްވަރުގެ އަސަރު ކޮށްފައިވާ ކަމުގެ ތުހުމަތުގެ އިނގިލިތައް ދިއްކުރަމުންދާތީއެވެ. މުސްކުޅިން ބުނެއުޅޭފަދައިން އަޑެއް ނުކިޔައި ރެނދެއް ނުލާނެއެވެ.
ކޮންމެއަކަސް މިދެންނެވި އުސޫލުގެ މަތިން ދިވެހިރާއްޖޭގެ ކަސްޓަމަސްއާއި އަދި މިނޫންވެސް ޔުނިފޯމު އަޅައިގެން ތިބޭ މީހުން އަމަލު ކުރަން ފެށުމަކީ މިއަދު ގައުމުގައި ކަންހިނގަމުންދާ ގޮތަށް ވިސްނާލާއިރު ވެދާނެ ކަމެކެވެ.
ކަސްތަމްސް އޮފިސަރުން އެދެދަ ގޮތަކަށް ބަޢާވާތެއް ހިންގައިފިނަމަ ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެން ދިޔުމަކީ ވަރައް ގާތް ކަމެކެވެ. ސަބަބަކީ ދިވެހިރާއްޖެ އަށް އެތެރެކުރާ ހުރިހައި ސާމާނެއް އެތެރެ ކުރަމުން އަންނަނީ އެފަރާތުގެ ބެލުމުގެ ދަށުން ކަމަށްވާތީއެވެ.
ކުރިން ވެސް އަޅުގަނޑު ދެންނެވި ފަދައިން ކުޑަ ސޯބު އެނބުރެނީ ބޮޑު ސޯބު އެބުނރޭ އަސޫލުން ކަމަށްވާތީ ޔިނިފޯމު ތަކުގެ ކުޑަ ސޯބު ކަމަށްވާ ސްކޫލް ކުދިން އެފަދަ ކަމެއް ހިންގުމަކީ އަޅުގަނޑުމެން އެއްވެސް ބަފަޔަކު ނުވަތަ މަޔަކު ދެކެން ބޭނުންވާނޭ ދުވަހެއް ނޫނެވެ.
ކުރިން ދެންނެވި އުސޫލުން އެކުދިން އެކަން ކޮށްފިނަމަ ސްކޫލް ތަކުގެ އަގު ވެއްޓި މުޅި ތައކީމީ ނިޒާމް ހަލާކުވެ ފުނޑުފުނޑު ވެގެން ދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
އަޅުގަނޑު ގަބޫލްކުރާ ގޮތުގައި މިކަން މިހެން ވެގެން ދާތަން ދެކެން ބޭނުން ނުވާނަމަ ދިވެހި ސަލާމަތީ ބާރުޔަކުން އެމީހުން އެ ހިންގި ޢައިރު ގާނޫނީ އަމަލު އެއީ ކުށެއް ކަމަށް މުޚި ދިވެހި ގައުމު ކުރިނަތީ އިއުތިރާފުވެ ދިވެހިރާއްޖޭގެ ހުރިހައި ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭނެއެވެ. އެހެންނޫ ކަމަށް ވާނަމަ މުސްތަގުބަލުގައި މީގެ ނުބައި އަސަރު މުޚި ދިވެހި ގައުމަށް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
އަޅުގަނޑު އަދެނީ މާތްﷲ މި ލޮބުވެތި ދިވހި ގައުމު މިނިވަން ކަންމަތީ އަބަދުގެ އަބަދަށް ދެމެހެއްޓެވުމެވެ. ދިވެހި ގައުމަށް އަދައްވުރެ ފެހި މާދަމައެއް އެދެމެވެ.




No comments:

Post a Comment

އަޑި ނޭނގޭ ފިތުނަވެރިކަން ގައުމެއް ނަވަތަ މުޖުތަމަޢުއެއް ދެމި އޮތުމާއި ފަރުދުންގެ ތެރޭގައި އޮންނަންޖެހޭ އެއްބަނޑު އެއްބަފައި ވަންތަ ކަ...